މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ދައުވާލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ބޮލުގައި މަރުތޭލަކުން ޖަހައި, ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރުތޭލަކުންޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ބައެއް މީހުން ކުރިން ހައްޔަރުކުރި އެވެ. އެ ހަމަލާގައި ޒަރީރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެ މައްސަލާގައި ދައުވާކުރީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށެވެ. އެ މައްސަލާގައި ގައްބަރޭގެ މައްޗަށް ކުރީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. 
ދެން ތިބި ދެ މީހުންނަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ވީޑިއޯ ފުޓޭޖްތަކުން, ޒަރީރަށް ހަމަލާ ދިނުމުގައި ތިން މީހުން ބައިވެރިވިކަން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ