ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ވެސް އެބަހުރި ކަމަށާއި އެކަމަކު ދެން އޭނަ 200ރ. އިން ޖޫރިމަނާކޮށްފައި ކޯޓުން ދޫކޮށްލައިގެން ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އަންހެން މީހާ އަށް އަނިޔާކުރި 33 އަހަރުގެ ފިރިހެން މީހާ ފަދަ މީސްމީހުންނަކީ މުޖުތަމައަށް ނުރައްކާތެރި މީހުން ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާ އަށް އިންސާފު ވެސް ލިބެން ޖެހޭ ކަމަށް ރޮޒޭ ވިދާޅުވި އެވެ.
"ދެން ދުއިސައްތަ ރުފިޔާ އިން މި މީހާ ޖޫރިމަނާކޮށްފައި [ކޯޓުން] ދޫކޮށްލާނީކީ ނޫން،" އޭނަ ވިދާޅުވި އެވެ. "އެހެން ހަދާތީ ބިރެއް ނެތި މީހުންނަށް މިފަދަ އަނިޔާކުރަން ކެރެނީ."
އަންހެން މީހާ މަގުމަތީގައި ދަމާކޫއްތާފައި ގެންދާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި އެވެ. އަދި އެއަށް އިޝާރާތް ކުރައްވައި ރޮޒޭ ވިދާޅުވީ އެއިން ވާ ވަރަށް ހެކި ވެސް މުޅި ދުނިޔެ އަށް ފެންނަން އެބަހުރި ކަމަށެވެ.
އަނިޔާކުރި އަންހެން މީހާ އަށް މަޑަވެލީ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ އެ ރަށަށް ގޮސް ހުރި އެހެން ރަށެއްގެ މީހެކެވެ.
"ދެން ޖޫރިމަނާކޮށްފައި ދޫކޮށްލާނީކީ ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ