މޯލްޑިވްސް އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ޑޮލަރު އޭޓީއެއްގެ ހިދުމަތް ދޭން ފަށައިފިއެވެ.
މއ
ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމްއިން އެމްއައިބީ ޑޮލަރު އެކައުންޓް
ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމަށް އެބޭންކުން މައުލޫމާތު
ދެއެވެ.
24 ގަޑިއިރު ހިދުމތް
ލިބޭ މި އޭޓީއެމްއިން ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. ކޮންމެ
ކަސްޓަމަރަކަށްވެސް ދުވާލަކު 1،000 ޑޮލަރު ނެގޭއިރު މަހަކު ގިނަވެގެން ނެގޭނީ
5،000 ޑޮލަރެވެ. އަދި ދުވާލަކު 12،000 ޑޮލަރު ޖަމާކުރޭނެކަމަށްވެސް އެބޭންކުން
މައުލޫމާތެ ދެއްވައެވެ.
Advertisement
މި އޭޓީއެމްގައި
މިވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑެވެ.
ނަމަވެސް ޑޮލަރު
ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމށް އެބޭންކުން މައުލޫމާތު ދެއްވައެވެ.
އެމްއައިބީއިން އަންނަނީ ކާޑު ނުލާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ
އޭޓީއެމްއިންވެސް ލިބެއެވެ.
މއ ފާމުދޭރިގޭގައި
ހުންނަ އެމްއައިބީގެ އޭޓީއެމް ސެންޓަރުން ރުފިޔާ ނެގުމާއި ޖަމާކުރުމުގެ
ހިދުމަތްވެސް ލިބޭނެއެވެ.
ދާދި ފަހުން އެމްއައިބީއިން ވަނީ ވިލިމާލޭގައިވެސް
ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ބަހައްޓަފައެވެ.
ވިލިމާލޭގެ އިތުރުން ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ
ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ އޭދަފުށިންވެސް އެމައައިބީގެ ހިދުމަތް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ