ދާއަޅާ ބޯޓުތައް އައްޑޫ ދެކުނުން ފެންނަން ފަށައިފި: ނަޝީދު

ރައީސް ނަޝީދު އައްސަވަނީ ރާއްޖެއަށް ގެއްލުނު ސަރަހައްދުގައި ދާ އަޅާ ބޯޓު ފަހަރުގެ ވެރިން ރާއްޖެއިން ބައްދަލު ކުރީ ކާކާތޯ އެވެ.
ރާއްޖޭގެ އައްޑު އަތޮޅުގެ ދެކުނުން އޮތް ކަނޑުން މިހާރު ދާއަޅާ މަސް ބޯޓުތައް ފެންނަން ފަށައިފި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
ޗާގޯސްގެ މައްސަލައާ ގުޅިގެން މިރޭ މާލޭގައި އިދިކޮޅު އިއްތިހާދަކުން ބޮޑު އެއްވުމަކަށް ނުންނަ އިރު އެ އެއްވުމުގައި ނަޝީދުގައި މަދަދުގައި އޮތް "ދަ ޑިމޮކްރެޓްސް" ބައިވެރިވެ އެވެ. ޗާގޯސްގެ އެ މައްސަލައާ ގުޅުވާލައްވައި އެ މަނިކުފާނު މިއަދު ވަނީ ރަސްމީ ޓްވިޓާ އެކައުންޓާއި ނުރަސްމީ އެކައުންޓް ވެސް ބޭނުންފުޅު ކުރައްވާފަ އެވެ. ވިދާޅުވީ އައްޑޫގެ ދެކުނުން ދާ އަޅާ ބޯޓުފަހަރު މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އައްސަވާފައި ވަނީ ރާއްޖެއަށް ގެއްލުނު ސަރަހައްދުގައި ދާ އަޅާ ލައިންސަންސް ދިނީ ކޮން ބަޔަކަށްތޯ އެވެ. އެބަޔަކު ރާއްޖެ އައިތޯ ވެސް އައްސަވާފައި ވެއެވެ.ރައީސް ނަޝީދު އައްސަވަނީ ރާއްޖެއަށް ގެއްލުނު ސަރަހައްދުގައި ދާ އަޅާ ބޯޓު ފަހަރުގެ ވެރިން ރާއްޖެއިން ބައްދަލު ކުރީ ކާކާތޯ އެވެ. "މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވައްސަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އެއްބަސްވެ ވަޑައިގަތުމުން ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭނެކަން އެނގޭނެ. އެބައި ގަތުމަށް އުޅެފައިވާ ބަޔަކު ހޯދަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.  ރައީސް ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ދިވެހިން މަސްބާނައިގެން މަސް ކައްކާ ހިއްކާން ތިބޭ ރަށް ކަމަށާއި އެއްވެސް ޒަމާނަކު ދިވެހިން ނޫން ބަޔަކު އެ ރަށް ބޭނުން ނުކުރާ ކަމަށެވެ.   
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ