ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: މިހާތަނަށް ވޯޓުލީ 1100 އެއްހާ މީހުން

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު, މިއަދު މެންދުރާ ހަމައަށް 1097 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. އެ ދާއިރާއަށް ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީިޕީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެ އެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް, ގުރައިދޫ, މާފުށި އަދި ގުޅީގެ އިތުރުން އިއްޒުއްދީން ސްކޫލުގަައި ވޯޓު ފޮށި ބަހައްޓާފައިވާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު ހަތަރަކާ ހަމައަށެވެ.
އެ ދާއިރާ އިން ވޯޓުލުމުގެ ހައްގު 3،423 މީހަކަށް ލިބިފައިވެ އެވެ.
އީސީން ބުނީ, ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައި ވަނީ 566 ފިރިހެނުންނާއި 531 އަންހެނުން ކަމަށެވެ. އެހެންކަމުން އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67.95 ޕަސެންޓް މީހުން އަދި ވޯޓެއް ނުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ