ވައިރަލް ހުމަށް ފަރުވާ ހޯދާ މީހުން މަދެއް ނުވޭ، ދުވާލަކު 100 މީހުން

ހުމާއި ރޯގާގެ އަލާމާތްތަކާ އެކު ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު މަދު ނުވާކަން، އައިޖީއެމްއެޗްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ހުމާއި ރޯގާ ފެތުރުން އިތުރުވެފައި ވާތީ، އައިޖީއެމްއެޗުން ވަނީ ކުރީގެ އެފްއޭއެމް އިމާރާތުގައި ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ކްލިނިކް ހުޅުވި ދުވަހުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ކްލިނިކަށް ދެއްކި މީހުންނާ ގުޅޭ ތަފާސްހިސާބުތައް އައިޖީއެމްއެޗުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލް - އައިޖީއެމްއެޗުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެމްބަރު 26 އިން ފެށިގެން އޮކްޓޫބަރު ހަތަރު ވަނަ ދުވަހާ ހަމައަށް، ޖުމްލަ 1216 މީހަކު ވަނީ އެ ކްލިނިކަށް ދައްކައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ. ފްލޫ ކްލިނިކަށް ދެއްކި ބިދޭސީންގެ އަދަދަކީ 43 އެވެ.
ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ މީހުން ކްލިނިކަށް ދައްކާ
އެ އަދަދު 100 އަށްވުރެ ދަށަށް ދިޔައީ އޮކްޓޫބަރު ފުރަތަމަ ދުވަހު އެކަނި
އެއީ ހުން، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް ގާއިމުކުރި ކުލިނިކެކެވެ. އެ ކުލިނިކް ހުޅުވާފައި ހުންނާނެ ގަޑިތަކަކީ:
ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށް
އެހެންކަމުން، ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، އަލަށް ހުޅުވާ ކުލިނިކުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ އަލާމާތެއް ހުރެ، ހޮސްޕިޓަލަށް ގޮއްސިނަމަ ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެ ކަމަށް ވެސް ބުންޏެވެ.
އެނގުން މުހިންމު - ވައިރަލް ހުން ފެތުރޭ މިންވަރު އިތުރުވެފައި ވާތީ އޭޑީކޭ ހޮސްޕިޓަލުގައި ވެސް ވަނީ ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. މާލެ ސަރަހައްދުގައި އާންމު އަރިދަފުސް ރޯގާއާއެކު އިންފްލުއެންޒާ ވެސް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވާން ވަނީ އަންގައިފަ އެވެ.
އިތުރަށް ކިޔާލަން -
ރޯގާއާއެކު އިންފްލުއެންޒާ ވެސް ފެތުރޭތީ ސަމާލުވާން އަންގައިފި
ވައިރަލް ހުން ފެތުރޭތީ ފްލޫ ކްލިނިކެއް ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ