ކުރީ ޒަމާނުގައިވެސް އެފަދަ މީހުން ތިބެދާނެއެވެ. ނަމަވެސް ވަރަށް މަދުވާނެއެވެ. އެކަމަކު މިއަދު އެފަދަ މީހުން ވަރަށް ގިނަވެއްޖެއެވެ. މިދައްކަނީ ހަމައެކަނި އެއްދާން ކުރުމަށް ބަލައިގެން ކައިވެނިކުރަން ބޭނުން މީހުންގެ ވާހަކައެވެ.
އެފަދަ މީހަކާއި ކައިވެނިކޮށްފިނަމަ ކިތަންމެ ރަނގަޅު މީހަކަށްވެސް އެމީހަކާއިއެކު ދިރިއުޅެވޭނީ ވަރަށް މަދު ދުވަސްކޮޅަކުއެވެ. ސަބަބަކީ އޭނާ އަބަދުވެސް ހުންނާނީ އެކަމަށް އެންމެ ހުޝިޔާރު މީހަކާއި ބައްދަލުވުމަށް އެދިއެދިއެވެ. ބައްދަލުވާއިރަށް ބައިވެރިޔާ ބަދަލުކޮށްލާނެއެވެ.
ހަމަ އެކަނި އިސްލާމް ދީނަށް ބަލައިގެނެއް ނޫނެވެ. އިންސާނިއްޔަތަށް ބެލިނަމަވެސް ކައިވެނިކުރުމުގެ މަޤްޞަދަކީ މުޅިންތަފާތު މަޤްޞަދެކެވެ. ކައިވެނިކުރުމުގެ ބޭނުމަކަށްވާންޖެހޭނީ ދެމީހުން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅުމެވެ. އެކަކު އަނެކަކަށް އެހީތެރިވުމެވެ.
އަނެކާއަށް އެހީތެރިވާން އަބަދުވެސް މަސައްކަތްކުރަންޖެހެނީ އެސަބަބަށްޓަކައެވެ. ތިމާއަށް އެހީތެރިކަމަށް ބޭނުންވާ ވަޤުތު އަނެކާގެ ކިބައިން އެހީތެރިކަން ލިބުން ބޮޑުވާނީ އެއިރުން ކަމަށްވާތީއެވެ. ހަމައެއާއިއެކު އަޅުކަންކުރުމުގައި އެކަކު އަނެކަކަށް އެހީތެރިނުވެވޭނަމަ ކައިވެނީގެ އެންމެ ބޮޑު މަޤްޞަތު ގެއްލިގެން ދިއައީއެވެ.
ދެން މިބުނަނީ މިފަދަ މައްސަލަތައް އެންމެ ބޮޑުވާ ސަބަބެވެ. އެސަބަބަކީ ބަރަހަނާ ވީޑިއޯތައް ބަލާކަމެވެ. އެކަމަށް ދެވިހިފާކަމެވެ. އެކަމަށް ދެވިހިފީމާ އެއަށްވުރެ މުހިންމު ކަމެއް ނުއޮންނާނެއެވެ. ބައިވެރިޔާގެ ބޭނުންވެސް އެންމެ ބޮޑަށް ހިފަން ބޭނުންވާނީ އެކަމަށެވެ. މިއީ ވަރަށް ނުބައި ސިފައެކެވެ.
އާނއެކެވެ! ދެމަފިރިން އެއްދާންކުރުމަކީ ކައިވެނީގެ އެންމެ މުހިންމު އެއް ބައެވެ. ނަމަވެސް ހުރިހާ ކަމަކީ އެއީ ކަމަސް ބަލައިގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އުފާވެރި ދިރިއުލުމެއް ލިބޭނީ ކުރިން މިބުނި ހުރިހާ ކަމަކަށްވެސް ސަމާލުކަންދީގެންނެވެ.
މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ރޫޅޭ ކައިވެނީގެ ގިނަކަމުންނެވެ. ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނާތީއެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް ގިނަވަމުން އަންނާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހަމައެކަނި އެއްދާންކުރުމަށް ބަލައިގެން ބައިވެރިއަކު ހޯދާ މީހަކާ ކައިވެނިކުރަން ހެޔޮނުވާނެ ސަބަބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ