ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިމަޢުލޫމާތު ދޭގޮތުގައި މިތަކެތި ވަގަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުންނެވެ. މިމައްސަލަ ހުށަހެޅުމާއެކު، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން މިތަކެތި ވަނީ ހޯދާފައެވެ.
ވަގަށް ނެގުނު ތަކެތީގެ ތެރޭގައި އަގުބޮޑު އިލެކްޓްރޯނިކް ސާމާނާއި ފައިސާ ކެމެރާ ފޯނު ހިމެނެއެވެ.
މިހާތަނަށް މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އާންމުންނަށް އިލްތިމާސްކުރަނީ މިފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ. އަދި ޗުއްޓީ ދުވަސްވަރަކަށް ވާތީ ރަށުން ބޭރަށް. ދުރުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ