ސްކޫލް ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް

ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ސްކޫލް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އިތުރުކޮށްފިއެވެ.
ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ބައެއް މަންޒިލްތަކަށް ތާވަލުކޮށްފައެވެ.
މޯލްޑިވިއަންއިން ދަތުރުތައް އިތުރުކޮށްފައިވާ ގޮތުގެ ތާވަލަށް ބަލާއިރު
މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރުމަށް ނިންމާފައި ވަނީ ސްކޫލްބަންދާއި ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ގިނަވެ މޯލްޑިވިއަންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމުންކަމަށް އެ އެއަރލައިނުން ބުނެއެވެ. މީގެކުރިން އެހެން ބަންދުތަކާއި ދިމާކޮށްވެސް މޯލްޑިވިއަންގެ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.
މޯލްޑިވިއަންއިން މިވަގުތު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ދަނީ ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ