ދިރާގު ޕްރިޕެއިޑަށް ކޮންމެ ދުވަހަކާއި ހަފްތާއަކު ހާއްސަ އިނާމުތަކެއް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20ރ. އިން މަތިން ރީލޯޑްކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
ތަފްސީލް - މި އިނާމުތަކަކީ:
ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ
އައިފޯން 17 ޕްރޯ
ރޭބަން މެޓަ ސްމާޓް ގްލާސެސް
ޕީއެސް 5 ޕްރޯ ސީޑީ ވަރޝަން
ނިންޓެންޑޯ ސްވިޗު
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 11ގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.
ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް އަދި ދިރާގު ޕާޓްނާ ޝޮޕްތައް މެދުވެރިކޮށް 20ރ. ނުވަތަ 20ރ. އިން މަތިން ރީލޯޑްކޮށްގެން ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރިޕެއިޑް ޕްލޭންތައް ލިބެން ހުރެ އެވެ.
ދިރާގުން އަންނަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ