ގޮތް ނޭނގޭ ފައިސާތަކެއް ލިބުނު ހަތަރު ފުލުހަކު ވަކިކުރަން ނިންމައިފި

ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލާގައި ހިމެނޭ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުުރަން ނިންމައި، އެ ފުލުހުން ސަސްޕެންޑުކޮށްފި އެވެ. 
ތަފްސީލް - އެ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގު ކުރަން ފެށީ، މިދިޔަ ޖުލައި މަސްތެރެ އެވެ. އެ މައްސަލައިގެ ތަހުގީގަށް އެ ފުލުހުން މާލެ ގެނެސްފައިވަނީ 8 ޖުލައިގަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން މިއަދު 'ދައުރު' އަށް ބުނިގޮތުގައި އެ ފުލުހުން ވަކިކުރަން ނިންމީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުންނެވެ.
އެގޮތުން އެ ބޯޑުން ނިންމީ:
ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން
އިސްތިއުނާފީ މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑުކުރަން
މި މައްސަލައާގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެ އެވެ. އެ ފުލުހުންގެ އެކައުންޓުތަކަށް ޖަމާވެފައިވާ ފައިސާގެ އަދަދުތަކެއް ވެސް ހާމައެެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ