ޕްލޭނަށް ޚިޔާލު ނުދޭނަމަ ހީނަރުކަން އަންނާނެ، އިލްތިމާސަކީ އެންމެން ބައިވެރިވުން: ނެކްސިއާ މޯލްޑިވްސް
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ތަރައްގީގެ ޕްލޭނަށް ޚިޔާލު ދިނުމުގައި ބައިވެރިނުވާނަމަ އެ މަސައްކަތަށް ހީނަރުކަން އަންނާނެ ކަމަށް ބުނެ، އެ ޕްލޭނަށް ޚިޔާލު ދިނުމުގައި އެންމެން ބައިވެރިވުމަށް ޕްލޭންގެ މަސައްކަތް ކުރާ ނެކްސިއާ މޯލްޑިވްސްއިން މިރޭ އިލްތިމާސްކޮށްފިއެވެ. 'ވިލުންތެރި ރާއްޖެ 2045'ގެ ނަމުގައި ގައުމީ ތަރައްގީގެ ޕެލޭން އެކުލަވާލަން ސަރުކާރުން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށެވެ. އެ ޕްލޭނަށް ޚިޔާލު ހޯދުމަށް ޓަކައި، ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރާ ޓީމުތައް އިއްޔެ ވަނީ ރަށްރަށަށް ދަތުރުތައް ފަށާފައެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނެޝަނަލް ޑިވެލޮޕްމަންޓް ފޯމިއުލޭޝަން ޕްލޭން ޕްރޮޖެކްޓުގެ ލީޑަރު އަދި ނެކްސިއާގެ މެނޭޖިން ޑިރެކްޓަރު ޙާމިދު ސާދިޤު ވިދާޅުވީ، އެ ޕްލޭނާ ގުޅުވައި ވަރަށް ރަނގަޅު ކޮމެންޓުތައް ލިބެމުން އަންނަ ކަމަށެވެ. ދުރު މުސްތަގުބަލެއްގެ ޕްލޭނެއް އޮތުމަކީ އެ ބަޔަކު ކުރާ މަސައްކަތެއްގައި ވަކި ދިމާލަކަށް ވާސިލުވުމަށް މުހިންމުކަމެއް ކަން ގިނަ ބަޔަކު ފާހަގަކުރާ ކަމަށް ޙާމިދު ވިދާޅުވިއެވެ. ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކުރަން ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން: އެޕްލޭނަށް ޚިޔާލު ދިނުމުގައި ބައިވެރިނުވުމަކީ ހީނަރުކަން އަންނާނެ ކަމެއް ކަމަށް ނެކްސިއާ މޯލްޑިވްސް އިން ވަނީ ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް ނަމަވެސް، އެ ޕްލޭނުގައި ބައިވެރިނުވުމުން އެ ޕްލޭނަށް ހީނަރުކަން އަންނާނެ ކަމަށް ޙާމިދު ގަބޫލުކުރައްވައެވެ. އެއްވެސް ފަރާތަކުން ބައިވެރިނުވުމަކީ ޕްލޭނަށް އަންނާނެ ހީނަރުކަމެއް. އެއީ ބައެއްގެ ވިސްނުމާއި ޚިޔާލާއި މަޝްވަރާ ލިބިގެން ރަނގަޅު ޕްލޭނެއް އެކުލަވައިލެވޭނީ. އަޅުގަނޑުމެން ހަމަ އިލްތިމާސްކުރަން ހުރިހާ ފަރާތްތަކުން ވެސް ޕްލޭން އެކުލަވާލުމުގައި އަޅުގަނޑުމެންނާ އެކީ މަސައްކަތް ކޮށްދެއްވަންނެޝަނަލް ޑިވެލޮޕްމަންޓް ފޯމިއުލޭޝަން ޕްލޭން ޕްރޮޖެކްޓުގެ ލީޑަރު ޙާމިދު ސާދިޤު ގައުމެއްގެ ތަރައްގީއަށް ރައްޔިތުންގެ މަޝްވަރާއަކީ މުހިންމު އެއްޗެއް ކަން ފާހަގަކުރައްވައި، ޙާމިދު ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ގިނަ މީހުންނަށް ބައިވެރިވެވޭ ފުރުސަތުތައް ފަހިކުރުމަށް ކަމަށެވެ. އޭގެއިތުރަށް، ނެޝަނަލް ޑިވެލޮޕްމަންޓް ފޯމިއުލޭޝަން ޕްލޭން ޕްރޮޖެކްޓުގެ އެންވަޔަރަމެންޓް ސްޕެޝަލިސްޓް އަދި ނެކްސިއާގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު އިނާޒް ފާހަގަކުރެއްވި ގޮތުގައި، މި ޕްލޭނަށް ޒުވާނުންގެ ޚިޔާލު ވަރަށް މުހިންމެވެ. އެއީ، އެ ޒުވާނުން ކުރިއަށް ދެކެން ބޭނުންވާ ރާއްޖެ ހާސިލުކުރަން ފަސޭހަވާނެތީ ކަމަށް އިނާޒް ވިދާޅުވިއެވެ. ޙަމީދު ވިދާޅުވީ، އެޕްލޭންގެ މަސައްކަތް ކުރިއަށް ގެންދާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ޚިޔާލު ވެސް ހޯދާނެ ކަމަށެވެ. އަދި، މަސައްކަތް ކުރާނީ ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހިމެނޭ ތަރައްގީގެ ޕްލޭނެއް ހެދުމަށްކަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/210975 އެ ޕްލޭނަށް ޚިޔާލު ނުދިނުމަކީ ހީނަރުކަން އަންނާނެކަމެއް ކަން ފާހަގަކުރިއިރު، އިދިކޮޅު އެމްޑީޕީން ވަނީ އަލަށް އެކުލަވާލާ ތަރައްގީގެ ޕްލޭނަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެ، އެކަމުގައި ބައިވެރިވާން ދެކޮޅު ހަދާފައެވެ. އެ މަސައްކަތުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ބުނެ، އެމްޑީޕީން ވަނީ، ވަގުތު ޕްލޭންގެ މަސައްކަތުގައި ބައިވެރިވުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށް ބުނެފައެވެ. ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ. އެ ޕްލޭން އިގްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، އެ ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ