މާލޭގެ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވެ، ގަވާއިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާ ސަރަހައްދުތަކަށެވެ.
އިމިގްރޭޝަނުން މިކަމާ ގުޅިގެން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ޓާސްކްފޯސްއިން ވަނީ ރޭގެ ވަގުތެއްގައި ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ޖުމްލަ 347 ބިދޭސީއަކު ވަނީ ޗެކްކުރެވިފައެވެ.
ޗެކްކުރެވުނު މީހުންގެ ތެރެއިން، ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 66 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި ބިދޭސީންނާމެދު އިތުރަށް އަމަލުކުރާނެ ގޮތްތައް އިމިގްރޭޝަނުން މިހާރު ދަނީ ބަލަމުންނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ އިމިގްރޭޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުން ގަވާއިދާ ޚިލާފަށް އުޅޭ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ