އިސްދޫ ކަލައިދޫގައި 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއް ގާއިމުކުރަނީ ތެލަސީމިއާ ހުންނަ ފަރާތްތަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭނަން – ރައީސް ހިޔާ ފްލެޓްގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ބާ ދަގަނޑުގެ ވިޔަފާރި ކުރާތަނަކުން 14 ބި

ރޭ އައްޑޫ އިން ކަރަންޓު ކެނޑުނު ސަބަބަކީ އެފްއެސްއެމްއަށް ޑީސެލް ގަނެގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ތެޔޮ ނުލިބުން ކަމުގައި ހިތަދޫ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒް ވިދާޅުވެއްޖެއެވެ.
މިއަދުގެ ކައުންސިލް ޖަލްސާގައި އައްޑޫގެ ކަރަންޓުގެ މައްސަލައާއި މެދު ކަންބޮޑުވުންފާޅުކޮށް ޝީނާޒު ވިދާޅުވީ އެފްއެސްއަށް ދައްކަން ޖެހޭ ފައިސާ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ދައްކާފައި ނުވާކަމަށެވެ. “ރޭ ކަރަންޓު ކެނޑުނީ ތެޔޮ ނެތިގެން. ރޭ ޑީސެލް ނުލިބި ކަރަންޓު ކެނޑުނު އިރު އެފްއެސްއެމްއިން 8 ޖެހުމާއި ހަމައަށް ޑީސެލް ދޫކޮށްފައެއް ނުވޭ” ޝީނާޒު ވިދާޅުވިއެވެ. އިތުރަށް ޝީނާޒު ވިދާޅުވީ ރޭ ސަރުކާރުން އެކަމަށް މަސައްކަތްކޮށް އެފްއެސްއެމްއިން ފަހުން ޑީސެލް ދޫކޮށްފައި ވީ ނަމަވެސް އަދިވެސް ފެނަކައިން އެފްއެސްއަށް ފައިސާ ދައްކާފައި ނުވާކަމަށެވެ.
އިތުރަށް ޝީނާޒު ވިދާޅުވީ އައްޑޫ އަކީ ފެނަކައިގެ އެންމެ ބޮޑު ކޭޝް ފްލޯ ލިބޭ ސަރަހައްދަށްވާއިރު ‘ބޭކަރު މުވައްޒަފުންނާއެކު އިންޖީނުގެ ހިންގާއިރު ޑީސެލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަަމަށެވެ. އަދި މިފަދަ މައްސަލަތަކުން ފޯކަސް ގެއްލުވާލުމަށް އައްޑޫ ބައިބައި ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ޝީނާޒު ވިދާޅުވިއެވެ.
އައްޑޫ ކަރަންޓުގެ މައްސަލައަކީ ކުރީ ސަރުކާރުގަވެސް އަދި މި ސަރުކާރު އައި ފަހުންވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. މި ސަރުކާރުން އެކަމުގެ އުއްމީދެއް ލިބުނު ނަމަވެސް، މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު އާ އިންޖީނުގެއަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާކަމަށް ޝިނާޒު ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް ފެނަކައާއި އެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލުތައް ދެއްވަމުން ޝިނާޒު ވިދާޅުވީ އާ ދެ ޖެނަރޭޓަރު ގަންނަ ވާހަކަ އާއި ރޯދަ މަހަށް އިތުރު ޖަނަރޭޓަރެއް ގެންނަ ވާހަކަ އެ ބައްދަލުމުގައި ދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު އާ ދެ ޖެނެރޭޓަރު ގެނެސްފައިވާއިރު، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ފެނަކައިން ހިދުމަތް ފޯރުކޮށް ނުދެވޭކަމަށް ޝީނާޒު ވިދާޅުވިއެވެ.
ޝީނާޒު މިހެން ވިދާޅުވެފައިވާއިރު، ލޯޑް މަތިވާ ގަޑިތަކުގައި އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާ މައްސަލަ އަނެއްކާވެސް ވަނީ ބޮޑުވެފައެވެ. އަދި ކަރަންޓު މައްސަަލައަށް އެދެވޭ ހައްލެއް ނުލިބޭތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ