ކިޔޫތައް ބަންދުކޮށް، ވޯޓު ގުނަން ފަށައިފި

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށް ދިޔަ ވޯޓުގައި ކިޔޫތައް ބަންދުކޮށް، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ. ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއިރު، 4:00 ޖަހާއިރަށް ގިނަ ފޮށިތަކުގެ ވޯޓު ލުން ނިމި، ކިޔޫތައް ވަނީ ބަންދުކޮށްފައެވެ. އެއަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. https://x.com/ElectionsMv/status/1982048305975836861 ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހުމާން ސޮލާހު ރަޝީދު ވިދާޅުވީ، 3:00ގެ ފަހުން ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ކައިރިވުމުން ކިޔޫތައް ދެމިގެންދިޔަ ކަން ފާހަގަކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 އިންސައްތަ މީހުންނަށް ވޯޓުލެވިފައި އޮންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިހާރު ވޯޓު ގުނަން ފަށާފައިވާއިރު، ދޮޅު ގަޑިއިރެއްހާއިރު ތެރޭ ވަގުތީ ނަތީޖާތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުން އީސީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، 15:00 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ، 3،410 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ 35 އިންސައްތައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ