ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލްއަށް ބަދަލުކޮށްފި

ރައީސް މުހައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އެ ކުންފުނީގެ ނަން ބަދަލުކުރެއްވީ މިއަދު ޝާއިއުކުރެއްވި އެމަނިކުފާނުގެ ގަރާރަކުންނެވެ.
ތަފްސީލު - ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް އުފެއްދީ 2019 ގައެވެ. އެ ކުންފުނި އުފެއްދީ ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި 'ސިންގަލް ވިންޑޯ' އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގްސަދުގަ އެވެ.
އެ ކުންފުނީގެ ނަން ބަދަލުކުރަން ރައީސް ނިންމެވި ސަބަބުތަކަކީ:
'މޯލްޑިވްސް 2.0 ރޯޑްމެޕް 2025 - 2028 - ޖާނީ ޓު ޑީޖިޓަލް ޓްރާންސްފޮމޭޝަން' މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުން
ސަރުކާރުގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަން ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވުން
ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓު ތަންފީޒުކުރުން
ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ 'މޯލްޑިވްސް 2.0'ގެ ތައްސަވުރާ އެއްގޮތަށް އޮތުމަކީ އިސްތިރާޖީ ގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގަން މުހިންމު ކަމަކަށް ވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ