ސްލޭވިއާ ޕްރާގް އަތުން އާސެނަލަށް ތާރީހީ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ސްލޭވިއާ ޕްރާގް އަތުން އާސެނަލަށް ތާރީހީ މޮޅެއް ލިބިއްޖެއެވެ.
ސްލޭވިއާ އަތުން ލިބުނު މޮޅާއެކު އާސެނަލް ވަނީ މިހާތަނަށް އެންމެފަހުން އެޓީމް ކުޅުނު 8 މެޗުންވެސް މޮޅުވެފައެވެ. މިއީ 1903 ވަނަ އަހަރަށްފަހު ބައިކޮޅަށް ލަނޑެއް ނުވަދެ މިހާހިސާބަށް އާދެވުނު ފުރަތަމަ ފަހަރެވެ. 
ޕަރަގުއޭގެ ސްލޭވިއާ އާ ދެކޮޅަށް ކުޅުނު މެޗް އާސެނަލުން ރޭ ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅުނު މިމެޗްގައި އާސެނަލަށް ގޯލް ހުޅުވާލަދިނީ ލިބުނު ޕެނަލްޓީއަކުން 32 ވަނަ މިނެޓް ތެރޭގައި ސާކާ އެވެ. މެޗްގައި އާސެނަލުން ޖެހި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިކެލް މެރީނޯ އެވެ. 
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ވަނީ އޭނާގެ ކުޅުންތެރިންނަށް ވަރަށްބޮޑަށް ތައުރީފްކޮށްފައެވެ. އަޓޭޓާ ބުނީ މިހާރު އޭނާގެ ޓީމް އޮތީ ވަރަށްރަނގަޅު ހާލަތެއްގައި ކަމަށާއި، ބައެއް މުހިންމު ކުޅުންތެރިން ޓީމާ ގުޅުމަކީ މިހާލަތުގައި ލިބުނު ރަނގަޅެއްކަމަށެވެ. 
މިމެޗްގައި މިކޭލް އަޓޭޓާ ވަނީ އާސެނަލްގެ ޒުވާން މިޑްފިލްޑަރު އުމުރުން 15 އަހަރުގެ މެކްސް ޑައުމަން 73 ވަނަ މިނެޓް ތެރޭގައި ކުޅެން އަރުވާފައެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސްލީގްގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ