މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސް އެދިވަޑައިގެންފި ރައީސްގެ އައްޑޫ ދަތުރައް މުޅި ސިޓީ ތައްޔާރު! މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްގީގެ ވަރަށް މުހިންމު ބާބެއް: ރައީސް 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަ

އައްޑޫ ސިޓީ, ހިތަދޫގައި ފްލެޓެއްގެ މަތިން ކުޑަ ކުއްޖަކު ވެއްޓިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 12:00 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ހިތަދޫ، ފްލެޓް ނަމްބަރު 14 ގެ ދެވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިގެން ނެވެ. ފުލުހުން ބުނީ ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
އެ ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ