އިންގްލެންޑުން ވަރލްޑްކަޕް ޖާގައެއް ހޯދައިފި

ކެޕްޓަން ހަރީ ކޭންގެ މޮޅު ކުޅުމާއެކު އިންގްލެންޑުން ވަރލްޑްކަޕް ޖާގައެއް ކަށަވަރުކޮށްފިއެވެ.
އިންގްލެންޑް ވަރލްޑްކަޕް ޖާގައެއް ކަށަވަރުކޮށްފައިމިވަނީ ރަށުން ބޭރުގައި ލެޓްވިއާ އާ ދެކޮޅަށް ކުޅުނުމެޗް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ހަރީ ކޭން އެނބުރިއައި މި މެޗް އިންގްލެންޑް ފެނިގެންގޮސްފައިވަނީ އެޓީމް އެންމެފަހުން ކުޅުނުމެޗަށް ވުރެވެސް ރަނގަޅަށެވެ.
މެޗްގައި އެންމެފުރަތަމަ ގޯލް ހުޅުވާލަދިނީ، ސްޓޯން ތަނަވަސްކޮށްދިން ފުރުސަތެއްގައި  26 ވަނަ މިނެޓް ތެރޭގައި ގޯޑޮންއެވެ. މެޗްގައި ފެނިގެންދިޔަ އިންގްލެންޑުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކޭންއެވެ. ފުރަތަމަ ލަނޑު 44 ވަނަ މިނެޓް ތެރޭގައި ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗްގައި ފެނިގެންދިޔަ ހަތަރުވަނަ ލަނޑަކީ ލެޓްވިއާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަތް ގޯލެކެވެ. އިންގްލެންޑުގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 86 ވަނަ މިނެޓް ތެރޭގައި އެޒޭއެވެ.
މެޗަށްފަހު މި ގްރޫޕްގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 18 ޕޮއިންޓާއެކު އިންގްލެންޑް އެއްވަނާގައި އުޅޭއިރު، ދެވަނާގައި އުޅެނީ 11 ޕޮއިންޓާއެކު އަލްބޭނިއާއެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ތިންވަނާގައި ސާބިއާ އުޅޭއިރު ހަތަރުވަނާގައި ފަސް ޕޮއިންޓާއެކު އުޅެނީ ލެޓްވިއާއެވެ. ތާވަލުގެ އެންމެ ފުލުގައި އުޅެނީ އެއްޕޮއިންޓާއެކު އެންޑޯރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ