އަވަހަށް ވިއްސާރަ އަލިވާކަށް ނެތް

ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހު)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟- މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ކަނޑުގަދަ ވާނެތީ ޔެލޯ އެލާޓް ވެސް ނެރެފައިވެ އެވެ. 
މެޓު އޮފީހުން ބުނިގޮތުގައި އަންނަ ހަފުތާ ވެސް ހަމަ މިހާ ގަދަވާނެ އެވެ. ހަފުތާ ފެށޭއިރު ބައެއް ހިސާބުތަކަށް ވާރޭވެހުން މަދުކޮށްލަފާނެ ކަމަށާއި އެކަމަކު ވިލާގަނޑު މުޅިން ސާފު ނުވާނެ ކަމަށް ބުންޏެވެ.
"އަންނަ ހަފުތާ ވެސް ވަޔާއެކު ކަނޑު ވަރަށް ގަދަވާނެ. އަދި ކުރިއަށް އޮތީ ވިއްސާރަ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖެއަށް މި ދުވަސްކޮޅު މިކުރަނީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ އެވެ.
މިއަދުގެ މޫސުން:
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ މޫސުން ގޯސްވާނެ
މުޅި ރާއްޖެއަށް މިހާރު އޮތީ ވައިޓް އެލާޓް ނެރެފައި
އުތުރުގެ އަތޮޅުތަކަށް އާއްމުކޮށް ވައިޖެހޭނީ 13-23 މޭލަށް، މެދުރާއްޖެތެރެ އާއި ދެކުނަށް 25-25 މޭލަށް ވައިޖެހޭނެ، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ
މި ދުވަސްކޮޅު މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ