ލ.ގަން އިންޖީނުގޭގައި ހުރި 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މިއަދު 14:50 ހާއިރު ގަމު އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާލެވުނީ އޭގެ ގަޑިއިރެއްހާއިރު ފަހުންނެވެ.
ސިފައިންނާއި ފުލުހުންގެ އިތުރުން އާންމު ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެނީ ފެނަކައިން ކަމަށްވާއިރު އެ އިންޖީނުގެއިން ގަމު ތިން އަވަށަށް ކަރަންޓުގެ ހިދުމަތް ދެމުންދެއެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ، ހޮސްޕިޓަލުގައި ބެކްއަޕް ޖަނަރޭޓަރެއް އިންނާތީ ހޮސްޕިޓަލަށް ކަރަންޓު ދެވުން ނަމަވެސް އިތުރު އެއްވެސް ތަނަކަށް ކަރަންޓު ނުލިބޭ ކަމަށެވެ. އަދި ވީހާވެސް އަވަހަށް ކަރަންޓު ދިނުމަށް ފެނަކައާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ކަރަންޓު އަލުން ދެވެން އޮތީ އިންޖީނުގެ ހިޔާކޮށްގެން ކަމަށް ވާތީ، އިންޖީނުގެ ހިޔާ ކުރުމުގެ މަސައްކަތަުގައި އެހީތެރިވެދެވެން ތިބި ވެލްޑިން އަދި ވަޑާމުގެ މަސައްކަތް ދަންނަ ފަރާތްތަކުން މިއަދު 17:30 އަށް އިންޖީނުގެކައިރިއަށް ދިޔުމަށް އެދިފައެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގަމު އިންޖީނުގޭގެ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް އަނދާ، މުޅި ރަށުން ކަރަންޓު ކެނޑިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ