ދަރުމާގެ ފިލްމު 'ޗާންދު މޭރާ ދިލް': ތަފާތު ރީތި ލޯބީގެ ވާހަކައެއް

މި އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމު "ޗާންދު މޭރާ ދިލް" އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ބެލުންތެރިންނަށް ކިޔައިދޭނެ ފިލްމެއް ކަމަށް އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން ބުނެފިއެވެ. ދަރުމާ ޕްރޮޑަކްޝަންސްގެ އާންމު ރީތި ލޯބީގެ ފިލްމުތަކާ ޚިލާފަށް، މި ފިލްމަކީ ގުޅުންތަކުގައި ހުންނަ ނޭދެވޭ އަދި އުނދަގޫ ކަންތައްތަކަށް ބަލާލާފައިވާ ފިލްމެއް ކަމަށް ޑައިރެކްޓަރު ވިވެކް ސޯނީ ވަނީ ބުނެފައެވެ. މި ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމަށްފަހު ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނީ، މީހަކު މާ ބޮޑަށް މިލްކުކުރަން އުޅުމާއި، ވިހަގަދަ ގުޅުންތަކާއި، އަދި ހައްގުތަކެއް އޮތް ކަމަށް ދެކޭ ދެކުންތަކަކީ "ތެދުވެރި ލޯބި" ކަމަށް ދެއްކުމުގެ ބަދަލުގައި، މި ފިލްމުގައި ގެނެސްދޭ 'ޗާންދްނީ' އާއި 'އާރަވް'ގެ ގުޅުން ދައްކުވައިދީފައި ވަނީ އެއްވެސް ފަރުދާއެއް ނެތި ހަގީގީ ސިފައެއްގައި ކަމަށެވެ. އަނަނިޔާ އާއި ލަކްޝްޔާ ފިލްމު "ޗާންދު މޭރާ ދިލް"ގެ ޓްރެއިލާގެ މަންޒަރެއްގައި -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް ވިވެކް ސޯނީގެ ވާހަކައަކަށް، ތުޝާރު ޕަރަންޖަޕޭ އާއި ވިވެކް ސޯނީ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކުރީ ސަޗިން ޖިގަރްއެވެ. ސިނެމަޓޯގްރަފީގެ މަސައްކަތް ދެބޯޖީތު ރޭ ކޮށްފައިވާއިރު، ފިލްމު އެޑިޓްކުރީ ޕްރަޝާންތު ރާމަޗަންދުރަންއެވެ. އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ފުރަތަމަ ފަހަރަށް އެކުގައި ފެންނަ މި ފިލްމަކީ މި އަހަރު ރިލީޒްކުރަން ހުރި ލޯބީގެ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑު އިންތިޒާރެއްކުރާ އެއް ފިލްމެވެ. އަނަންޔާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ކާތިކް އާރްޔަންއާ އެކު ދަރުމާއިން ގެނެސްދިން ފިލްމު "ތޫ މޭރީ މޭ ތޭރާ މޭ ތޭރާ ތޫ މޭރީ"އިންނެވެ. އަދި ލަކްޝްޔާ އެންމެ ފަހުން ފެނިފައިވަނީ އާރްޔަން ޚާންގެ އެކްޝަން ކޮމެޑީ ސީރީޒް "ދަ ބާސްޓަޑްސް އޮފް ބޮލީވުޑް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ