ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް މަޖިލީހަށް ހުށަހަޅައި މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.
ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި މައްސަލަ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމަށް ނިންމުނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި ބަދަލުތައް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
– ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައި، އޭގެ ހިންގުން ޑރ. ޢަބްދުﷲ މުއްޠަލިބާ ހަވާލުކުރެއްވުން.
– ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު މަތީ ތަޢުލީމުގެ ވަޒީރުކަމަށް ބަދަލުކުރެއްވުން.
– ފިނޭންސް އަދި ޕްލޭނިންގ މިނިސްޓްރީ އެއްކޮށްލައްވައި، އެ މަޤާމަށް މޫސާ ޒަމީރު އައްޔަނުކުރެއްވުން.
– ކުރީގެ މަތީ ތަޢުލީމުގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ދަނޑުވެރިކަމާއި ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ވަޒީރުކަމަށް ބަދަލުކުރެއްވުން.
މިއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ދެވަނަ ބޮޑު ބަދަލެވެ. ފުރަތަމަ ބަދަލުގައި ހިމެނުނީ މޫސާ ޒަމީރު ޚާރިޖީ ވަޒީރުކަމުން ފިނޭންސް ވަޒީރުކަމަށް ބަދަލުކުރެއްވުމާއި، ޑރ. ޢަބްދުﷲ ޚަލީލް ޞިއްޙީ ވަޒީރުކަމުން ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުމެވެ. އަދި ޢަބްދުﷲ ނާޡިމް އިބްރާހީމް ޞިއްޙީ ވަޒީރުކަމަށް އައްޔަނުކުރެއްވުމެވެ.
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަށް ރުހުން ހޯދާ މައްސަލަ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ