ޑްރޯނެއްގައި މާފުށި ޖަލަށް ވައްދަން އުޅުނު ޑްރަގް އަތުލައިގެންފި

ޑްރޯންއެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - އެތަކެތި އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ތަފްސީލު - ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.
މާފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ޑްރަގްސް އަތުލައިގަތް ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ