ހޯރްމުޒް ކަނޑުއޮޅިތެރެއިން އަޅާ އިންޓަނެޓް ކޭބަލްތަކަށް ހުއްދަ ހޯދަންޖެހޭ ގޮތް ހަދާނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދީފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހޯމަ ދުވަހު ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮންނަ ބާރުގަދަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެ ސަރަހައްދުން އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކަކީ އީރާނުގެ ހުއްދަ ހޯދައިގެން ބޭނުންކުރާ އެއްޗެއް ކަމުގައި ހަމަޖެއްސިދާނެ ކަމަށެވެ.
އައި.އާރު.ޖީ.ސީ އިން މީސްމީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅީގެ ސަރަހައްދީ ރަށްވެހިކަމާއި، ކަނޑުގެ އަޑީގެ މިލްކުވެރިކަން އީރާނަށް އޮތްކަން ފާހަގަކޮށް، އެ ކަނޑުއޮޅިން ހުރަސްކުރާ ހުރިހާ ފައިބަރ އޮޕްޓިކް ކޭބަލްތަކަކީ އީރާނު ސަރުކާރުގެ ހުއްދަ ލިބިގެން މެނުވީ ބޭނުންނުކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ހޮރުމޫޒްގައި ސަބްމެރިން ކޭބަލް އަޅާ ބޭނުންކުރަން އީރާނުގެ ހުއްދަ ހޯދަންޖެހެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ