ގާސިމް ފަހަތަށް ޕީޕީއެމް އަރަން ޔާމީނު އެންގުން

ޕީޕީއެމްގެ  މަދަދުގައި  ގާސިމަށް  ވެރިކަން  ހޯދައިދީގެން  ވެސް  ޖަލުން  ނުކުތުމަކީ  ޔާމީނަށް  އެންމެ  މުހިންމު  ކަންތަކަށް  ވާނެއެވެ.  އަނެއް  ކޮޅުން  ކޮންމެ  ފަދަ  ކަމެއް  ކޮށްގެން  ވެސް  ރާއްޖޭގެ  ރައީސުލް  ޖުމްހޫރިއްޔާ  ކަން  ނޫން  ހުރިހާ  ކަމެއް  ގާސިމަށް  ޙާޞިލު  ވެއްޖެ  އެވެ.  އަޑުއިވޭ  ގޮތުން  މިކަން  ކުރުމަށް  ގާސިމް  އިބްރާހީމް  އާ  މަޝްވަރާ  ކުރުމަށް  ޕީޕީއެމްގެ  ލީޑަރޝިޕަށް  ޔާމީނު  އަންގައިފިއެވެ.
ޔާމީނަށް  އޮތީ  ކޮންމެ  ފަދަ  ކަމެއް  ކޮށްގެން  ވެސް  ޖަލުން  ނުކުތުމެވެ.  ނަޝީދު  ފަހަތަށް  ޕީޕީއެމް  އެރުވުމަކީ  ފަސޭހަ  ކަމެއް  ނޫނެވެ.  ނަމަވެސް  ގާސިމަކީ  2013  ގައި  ޕީޕީއެމަށް  ވެރިކަން  ލިބުނު  ސަބަބެވެ.
ނަޝީދުގެ  އޮތީ  އެންމެ  ބޭނުމެއް  ކަމަށް  ފެނެއެވެ.  އެއީ  ކޮންމެ  މީހަކާ  ބައިވެރި  ވެގެން  ވެސް  އިބޫ  ބަލި  ކުރުމެވެ.  އެކަމަކު  ނަޝީދަށް  ތާއީދު  ކުރާ  އެމްޑީޕީ  މީހުން  ޕީޕީއެމް  ކެންޑިޑޭޓެއްގެ  ފަހަތަށް  އެރުން  ހިތަކަށް  ފަސޭހައެއް  ނުވާނެ  އެވެ. 
މިގޮތުން  ބަލާއިރު  ޕީޕީއެމް  މީހުންނާ  ނަޝީދަށް  ތާއީދު  ކުރާ  މީހުން  އެކެއްގެ  ފަހަތުގައި  ތިބެލަން  އެންމެ  އެކަށޭނަ  ފޮމިއުލާ  އަކަށް  ހުރީ  ގާސިމެވެ.
ވެރިކަން  ލިބުނީމާ  ޔާމީނަށް  އިތުރު  ހުކުމެއް  ޖަހަން  ވިޔަސް  އަދި  ނަޝީދާ  އަޅާ  ނުލާ  ނަޝީދާ  ޔާމީނު  ކުރިން  ގާސިމަށް  ހެދިގޮތް  ހަދާލަން  ލިބޭނެ  އެންމެ  ރަނގަޅު  ދަނޑިވަޅަކީ  މިއީއެވެ. 
މިއީ  ރައީސުލް  ޖުމްހޫރިއްޔާ  ކަމުގެ  މަގާމު  ހޯދުމަށް  ގާސިމަށް  ގުރުސް  ފެންމަތިވާ  އަހަރު  ކަމަށް  ވަނީ  ތޯއްޗެކެވެ.
މުޅި  ހަޔާތުގެ  އުންމީދު  ފުރިހަމަ  ކޮށް  ،  ސިޔާސީ  ކަންކަމުން  ލިބުނު  ހުރިހާ  ހިތި  އެންމެނަށް  ފިލުވާލާ  ،  ރައީސުލް  ޖުމްހޫރިއްޔާގެ  ޖުމްހޫރީ  ޕާޓީ  އެކަންޏަށް  ހަދާލަން  ލިބޭ  އަހަރަކީ  2023  އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ