ސުޕްރީމް ކޯޓު އެއް މަސްދުވަހުގެ ރިސެސްއަކަށް
ސުޕްރީމް ކޯޓު އެއް މަސް ދުވަހުގެ ރިސެސްއަކަށް ހިނގައްޖެއެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގައި އާންމު އަޑުއެހުމެއް ކޯޓުގައި ކުރިއަށް ނުދާނެއެވެ. ނަމަވެސް ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތެއް އައިސްފިނަމަ އެ މަސައްކަތެއް ކުރަން ޖެހޭނެއެވެ. ރިސެސްގެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އެ ކޯޓުން ބުންޏެވެ. ސުޕްރީމް ކޯޓުގެ އިތުރުން ދަށު އެހެން ކޯޓުތައް ވެސް ވަނީ މިހާރު ރިސެސްގައެވެ. ރިސެސްގެ މުއްދަތުގައި ކޯޓުން ކުރަން ޖެހޭނެ ކަންކަން: ކޯޓުގެ ލީގަލް އޮފިސަރުންނަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދާ ގުޅޭ ތަމްރީނު ހިންގުން. ކޯޓުގެ ގާޒީން ބައިވެރިވާ ގޮތަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުން. ބަހުގެ ހަމަތަކަށް ކޯޓުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ދިވެހި ބަހުގެ އެކެޑެމީއާ ގުޅިގެން ތަމްރީނު ޕްރޮގުރާމެއް ހިންގުން ކޯޓު މުވައްޒަފުންގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުން ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅިގެން ޑީޖޭއޭ މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުން ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ. އަދި އެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތައް ބާއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ