މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ބައްޕާފުޅު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ބައްޕާފުޅު، މޫސާ ވަޖްދީ އަވަހާރަވެއްޖެއެވެ.
މޫސާ ވަޖްދީ އަވަހާރަވީ، މުސްކުޅިފުޅު ބަލީގައި ގިނަ ދުވަސްތަކެއް ވުމަށްފަހު، މަރަދޫގައި ހުންނަ އަމިއްލަފުޅު ގޭގައެވެ.
މޫސާ ވަޖްދީއަކީ، ކުކިންގ ޝޯވތައް ހުށަހަޅައި ދިނުމުގައި ރާއްޖޭގައި މަޝްހޫރު ޖުވޭރިއާ ވަޖްދީގެވެސް ބައްޕާފުޅެވެ.
މޫސާ ވަޖްދީއަކީ މަރަދޫގައި ވަރަށް އިހްތިރާމް ލިބިގެންވާ ގަދަރުވެރި ބޭފުޅެކެވެ.
މޫސާ ވަޖްދީ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މަޖިލީހުގެ އިދާރާއިންވަނީ އާއިލާއަށް ތައުޒިޔާގެ ފޮނުއްވާފައެވެ.
އަދި މަރަދޫ ރައްޔިތުންވެސް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ