ސިމެންތި ކާނުމަތިތައް ދަގަނޑު މަތިތަކަށް ބަދަލުކުރަން ހިންގާ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ކުޅުދުއްފުށީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހެދި މަގުތަކުގެ ކާނުތަކުގައި އަޅާފައިވާ ސިމެންތި މަތިތައް ނަގައި ދަގަނޑު މަތި އެޅުމަށް ފަށާފައިވާ މަޝްރޫއު މިއަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
އަމީނީމަގު ފިޔަވައި، ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއަޅައިގެން ހެދި މަގުތަކުގެ ކާނުތަކުގެ މަތިތައް އަޅާފައިވަނީ ސިމެންތިންނެވެ. އޭރު އެ މަސައްކަތް ސަރުކާރުން ކުރީ ކައުންސިލާއި ރައްޔިތުން ދެކޮޅު ހަދަމުންދަނިކޮށެވެ. ސިމެންތި މަތިތައް ފަޅައިގެން ގޮސް ވެހިކަލްތަކަށް ގެއްލުންވާއިރު ބައެއް އާންމުންނަށްވެސް އަނިޔާވެފައި އެބަހުއްޓެވެ.
އެހެންވުމުން އެ މައްސަލަ ހައްލުކުރުމަށް ސިމެންތި މަތިތައް ނަގައި ދަގަނޑު މަތި އެޅުމަށް ފެށާފައިވާ މަޝްހޫރުގެ ދަށުން މިހާތަނަށް 523 މަތިގަނޑު ބަދަލުކުރެވިފައިވާކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވި އެވެ.
ޑެޕިއުޓީ ވިދާޅުވީ، ޖުމްލަ 1020 މަތިގަނޑު ބަދަލުކުރަން ހަމަޖެހިފައިވާއިރު މިއަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މަތިތައް ސަޕްލަރކުރީ އަންބަލަން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ނެވެ. އެކަމަށް 105،1380 ރ ބަޖެޓް ކުރިނަމަވެސް މަތިތައް މުއްދަތަށް ސަޕްލަރކުރެވިފައިނުވާތީ މި މަޝްރޫއަށް ހަރަދުކޮށްފައިވާ 893،673 ރ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތްކުރަނީ ސިޓީ ކައުންސިލްގެ މުނިސިޕަލް މަސައްކަތު ފޯސްގެ މުވައްޒަފުންނެވެ.
ފުރަތަމަ ފިޔަވަހީގެ މަގުތައް ހެދިއިރު ގިނަ ޝަކުވާތަކެއް އާންމުންނާއި ކައުންސިލުން އޭރުގެ ސަރުކާރަށް ކުރި އެވެ. އެކަމަކު އެމަގުތައް ހެދީ އެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބެލުމެއްނެތި އެވެ. އޭރު ކުރި އެންމެ ބޮޑެތި ޝަކުވާތަކުގެ ތެރޭގައި ކާނުތަކުގެ މަތިތައް ސިމެންތި ހުރުމާއި ގަސް އިންދާނެ ފިޓް ނެތުމާއި ބައެއް މަގުތަކުގައި ގަސް އިންދާނެ ޕިޓް ހުރިނަމަވެސް އެތަންތަނުގެ ދަށުން ކޭބަލްތައް ނުނަގަ މަގު ހެދުން ހިމެނެ އެވެ.
ފުރަތަމަ ފިޔަވަހީގެ ހެދި މަގުތަކުގެ ތެރެއިން އަމީނީމަގު ފިޔަވަހި އެހެން މަގުތައް ހެދީ ރައީސް ޔާމީންގެ ވެރިކަމުގައި އެވެ. އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ