"ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި ބައިވެރިވުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 04 ގެ ނިޔަލަކަމަށެވެ.
މި ހަރަކާތަކީ ބޮޑުތިލަދުންމަތީގެ ވިޔަފާރި މާހައުލު ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުންނެވެ. ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލުން ކަނޑައަޅާފައިވާ އޮންލައިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ.
ރަޖިސްޓްރީވާ ފަރާތްތަކަށް ބާޒާރާ ގުޅޭ އިތުރު ތަފްސީލު މަޢޫލޫމާތު ޙީއްސާކުރުމަށްޓަކައި، ޖުލައި މަހުގެ ފަހު ހަފްތާގެ ތެރޭގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ