ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔަ ހުޅުމާލޭ ކާމިލު ދީދީ ސްކޫލުގައި ރޭ ހިންގި މާރާމާރީގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުން ބައިވެރިވިކަން ހާމަވެއްޖެ އެވެ.
ކާމިލު ދީދީ ޕްރީސްކޫލުގައި ހަމަނުޖެހުން ހިންގީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ނައިބުރައީސް ކަމަށް ކުރިމަތިލި މީހުންގެ ވޯޓު ގުނުން ކުރިއަށްދިޔަ ވަގުތެވެ. އެ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެ އެވެ.
MGH Group of Companies
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރޭގެ މާރާމާރީގައި ޕީއެންސީގެ ސަޕޯޓަރުންގެ މެދުގައި ހަމަލާ ބަދަލުކުރިއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުން ވެސް މާރާމާރީ ހިންގާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރެއިން ކާމިލްދީދީ ޕްރީސްކޫލުގައި ހިންގި މާރާމާރީގައި ސްކޫލުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިކަމާ ގުޅޭގޮތުން އެ ޕާޓީގެ ލީޑަޝިޕުން ވަނީ ހަނުހުރުމަށް އިޚްތިޔާރުކޮށްފައެވެ.
އެގޮތުން، ރައީސް އޮފީހުގެ ޕަބްލިކް ރިލޭޝަންސް ވަޒީފާއެއްގައި ހުންނަ އިސްމާއިލް އަޒުމީ އާއި ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނަ މުހައްމަދު ޔައިޝް އެ ވީޑިއޯތަކުން ފެނެ އެވެ.
އެ ހަމަނުޖެހުމުގެ ތެރެއިން، އެ ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ ބައެއް ގޮނޑި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ރޭގެ މާރާމާރީގެ މަންޒަރު ފެންނަ ވީޑީއޯ އާންމުވުމާއެކު، އެ ވީޑިއޯއިން ފެންނަ ސިޔާސީ މުވައްޒަފުންނަށް އާންމުން ވެސް ފާޑުކިޔައިފައިވެ އެވެ.
ރޭގެ ހަމަނުޖެހުމުގައި ކާމިލް ދީދީ ޕްރީސްކޫލަށް ލިބުނު ގެއްލުމާ ގުޅޭގޮތުން ޕީއެންސީން މިހައިތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ގެއްލުމަށް ޕީއެންސީން ޒިންމާވާނެތޯ އާއި އެ ސްކޫލަށް ލިބުނު ގެއްލުން އެ ޕާޓީން މަރާމާތު ކުރާނެތޯ ސުވާލުކުރުމުން، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
ކާމިލްދީދީ ޕްރީސްކޫލްގައި ރޭ ހިންގި މާރާމާރީގައި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ބައިވެރިވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ