ކުޅުދުއްފުށީގައި 'ބޮޑު ތިލަދުންމަތި ބޮޑު ބާޒާރު'ގެ ނަމުގައި ބާޒާރެއް ބޭއްވުމަށް އިއުލާނުކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި ބާޒާރުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީގައި ހިންގާ ވިޔަފާރިތަކަށް ކަމަށެވެ. މި ބާޒާރު ކުރިއަށްދާނީ ސެޕްޓެމްބަރު 30 – އޮކްޓޯބަރު 4 ގެ ނިޔަލަށެވެ. ބާޒާރު ކުރިއަށްދާނީ ހަވީރާއި ރޭގަނޑުގެ ވަގުތުގައި އެވެ.
މި ބާޒާރު އޮންނާނީ ސްޓޭޖް ސަރަހައްދު ވެލިގަނޑުގައި އެވެ. މި ބާޒާރުގައި ބައިވެރިވުމަށް ނޮން – ރިފަންޑަބަލް ފީއެއްގެ ގޮތުގައި 500ރ ނެގޭނެ އެވެ. އަދި ފީއެއްގެ ގޮތުގައި ދުވާލަކު 500 ރުފިޔާ ނެގޭނެ ކަމަށް އުސޫލުގައިވެ އެވެ. އުސޫލުގައިވާ ގޮތުން ސްތޯލްތަކަށް ޖާގަ ދޫކުރެވޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
10 ފޫޓް 15 ފޫޓްގެ 18 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ވިޔަފާރިއަކަށްވެސް ގިނަ ވެގެން ދޫކުރަން ހަމަޖެހިފައިވަނީ އެއް ގޮޅިކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ބާޒާރުގައި ވިޔަފާރީގެ އިތުރުން ތަފާތު ހަރަކާތްތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބާޒާރުގައި ރަޖިސްޓްރީވެވޭނެ އެވެ.
އިތުރު މައުލޫމާތު 6527202 ނުވަތަ 6527201 އަށް ގުޅުމުން ސާފުވާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
'ބޮޑު ތިލަދުންމަތީ ބޮޑު ބާޒާރު' އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ