ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 21) - ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ސްޕެއިން އަތުން ބަލިވެ، މުބާރާތުގެ ތަށި ދިފާއުނުކުރެވުމުގެ ހިތާމަ ބޮޑަށް ކުރެވޭ ކަމަށާއި އެހެން ނަމަވެސް، ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ފައިނަލަށް ދިއުމަށްޓަކައި ޓީމުން ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެން ހޯދި އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ.
"މި ހިތާމަ ބޮޑު. ވަރަށް ދިގު މުއްދަތެއް ނަގާނެ މިކަމުން އަރައިގަންނަން. އެކަމަކު، ރަނގަޅަށް ދިޔަ ކަންކަން ވެސް ހަނދާނުގައި އެބަހުރި. އަހަރެމެން ނަތީޖާ އަނބުރާލި މެޗުތައް އެއީ ކުރެވުނު ހުރިހާ މަސައްކަތެއް ދަނޑުމަތީގައި ދެއްކި މެޗުތަކެއް،" އާޖެންޓީނާގެ ނޫހަަކަށް މެސީ، 39، ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ޖުމްލަކޮށް މޮޅު ކުޅުމެއް ދެއްކި މެސީ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ވެސް ބައެއް އުފާވެރި ހަނދާންތައް އަބަދު ވެސް ހަނދާނުގައި ހުންނާނެ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ، މުޅި އާޖެންޓީނާގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވުމުގައި ކުރެވުނު މަސައްކަތް ކަމަށެވެ.
"އެންމެން އެކުގައި ކުރި މަސައްކަތުން މި ވަގުތު އާެޖެންޓީނާ ޓީމަށް ދުނިޔޭގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި މި އޮވެވެނީ. މި ވަގުތަށް ބަލާއިރު، ތަށި ނުލިބޭތީވެ މި ޓީމު ކުރި މަސައްކަތުގެ އަގުވަޒަންކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ. އެކަމަކު، ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ފައިނަލް ކުޅުމަކީ ކުޑަ ކަމެއް ނޫން،" މެސީ ބުންޏެވެ.
ފައިނަލުގައި އާޖެންޓީނާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ މޮޅު ކުޅުމެއް ދައްކައިގެން ކަމަށާއި އެ ހަގީގަތް ގަބޫލުކޮށް، ސްޕެއިން ހޯދި ކާމިޔާބަށް މަރުހަބާ ކިޔަަންޖެހޭ ކަމަށް މެސީ ވަނީ ބުނެފަ އެވެ.
ތަށި ދިފާއުނުކުރެވުމުގެ ހިތާމަ ބޮޑު، ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވަން: މެސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ