މެމްބަރު ޝާޑުއާ މިނިސްޓަރު އިރުތިޝާމް ކައިވެނި ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ކައިވެނި ބައްލަވައިގެންފިއެވެ. އެ ކައިވެނީގެ ހަފްލާ ބޭއްވީ މިއަދު ހޮޓެލް ޖެންގައެވެ. އަދި ކައިވެނި ޕާޓީވެސް އޮތީ އެ ހޮޓަލުގައެވެ. އެ ދޭބުފުޅުންގެ ކުލަގަދަ ކައިވެނި ހަފްލާގައި ދެފަރާތުގެ އާއިލާގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަވާރަސަތޭކަ އައްޑިހަ އަށްވަނަ އަހަރުން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުން އަންނަ އިރުތިޝާމްގެ މިއީ އަލަތު ކައިވެންޏެވެ. ކައިވެނި ބައްލަވައިގަތް އިރު މިނިސްޓަރުގެ އުމުރަކީ 46 އަހަރެވެ. އުމުރުން 42 އަހަރުގެ ޝާޑުގެ މިއީ ތިން ވަނަ ކައިވެންޏެވެ. މިރޭ ހޮޓެލް ޖެންގައި ބޭއްވި ކައިވެނި ޕާޓީގައި ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ