މިރޭ ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފި
އެ އިދާރާއިން މިރޭ ނެރުނު އެލަރޓް ނޯޓިސްގައި ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށާ، އެގޮތުން މިރޭގެ 7:00 އިން ފަތިހު 4:00 އާއި ދެމެދު، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.މީގެ އިތުރުން ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ