ޕްލޭނިން މިނިސްޓްރީގެ 10 މުވައްޒަފަކަށް ނޯޓިސް ދީފި

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާއިން 10 މުއައްޒަފަކަށް ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފިއެވެ.
ނޯޓިސް ދީފައި ވަނީ އެމްއާރްޑީސީން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި މުއައްޒަފުންގެ ތެރެއިން ގއ. ވިލިނގިލި ސައިޓްގައި މަސައްކަތް ކުރާ މުއައްޒަފުންނަށެވެ. ވަގުތަށް އެނގިފައިވާ ގޮތުގައި އެ މުއައްޒަފުންނަށް ނޯޓިސް ދީފައި ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ.
އެ މުއްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މްއާރްޑީސީން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި މުއައްޒަފުންގެ ކޮންޓްރެކްޓް މިމަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ، މިމަހު 15އިން ސެޕްޓެންބަރު 15 އަށް ކޮންޓްރެކްޓް އިތުރުކޮށް، މަސް ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުންނާއި، ސިޔާސީ ގޮތުން ފިކުރު ތަފާތުވާ މުއައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ރައީސް ސޯލިހް އަދިވެސް ގެންދަވަނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުއައްޒަފަކު ވަޒީފާއިން ނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.
ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ