އޭދަފުއްޓަކީ މުޅި ރާއްޖެއަށް ނަމޫނާއެއް: ގާސިމް

ބ. އޭދަފުއްޓަކީ މުޅި
ރާއްޖެއަށް ނަމޫނާއެއްގެ ގޮތުގައި ބަލަންޖެހޭ ރަށެއް ކަމަށް ރައްޔިތުން މަޖިލީހުގެ
ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އޭދަފުއްޓަށް މީހުން
ބަދަލުކުރިތާ 50 އަހަރުފުރޭ ރަންރޫބީލް ފާހަގަކުރުމަށް މިރަށުގައި ބޭއްވި ޚާއްސަ
ޖަލްސާ ޝަރަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭދަފުށީ
ރައްޔިތުންނަކީ ގައުމަށް ބޭނުންވާ އަގުބޮޑު ދަރިންތަކެއް އުފައްދާފައިވާ ރަށެއްކަމާއި
އިޖުތިމާއީ ގޮތުންނާއި އުމްރާނީ ގޮތުންވެސް އޭދަފުއްޓަކީ ނަމޫނާ ރަށެއް ކަމަށެވެ.
ގާސިމު ވިދާޅުވީ
ކާބަފައިންގެ ޒަމާނުއްސުރެ އޭދަފުއްޓަކީ ތައުލީމީ ގޮތުންވެސް އެތައް ގިނަ ޒުވާނުން
އުފައްދާފައިވާ ރަށެއް ކަމަށާއި އަދި އެ ޒުވާނުންގެ ހިދުމަތްތައް ގައުމުންނާއި ރަށުންވެސް
ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދިވެހި ގައުމު
އާރާސްތު ކުރުމުގައި ނަމޫނާ ދައްކަން ޖެހޭކަން މީގެ 50 އަހަރު ކުރިން އޭދަފުށީ
ރައްޔިތުން ދައްކުވައިދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭދަފުއްޓަށް މީހުން
ބަދަލުކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކަށް ރޭގެ
ޖަލްސާގައިވަނީ ހަނދާނީލިޔުމެއްދީފަ އެވެ.
އޭދަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަންޔޫބީލް ހަރަކާތްތައް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. މި ހަރަކާތް ނިންމާލުމުގެ ގޮތުން އޭދަފުށީ ރައްޔިތުންނަށް ބާއްވާ ބޮޑު ޖާފަތެއް މިރޭ އޮންނާނެ އެވެ.
ހުކުރު ވާޖިބުވާ 50
މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968
ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު
މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެ އަހަރުގެ
ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ
17 ޑިސެމްބަރު 1968 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ