ވަގުތު ޕޯލް: ހެންވޭރު ދެކުނު ދާއިރާ - އެންމެ ގިނަ ވޯޓް ލިބުނީ ޖޭޕީ ކެންޑިޑޭޓް އިރުތިޝާމް، ވާދަކުރައްވަނީ ރުކުމާ އަހުމަދު

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ހެންވޭރު ދެނުކު ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، ޖޭޕީކެންޑިޑޭޓު ކެންޑިޑޭޓް ނަމްބަރ 1، އިރުތިޝާމް އާދަމް އެވެ.
އިރުތިޝާމް އަށް ، 223 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 20.80 އިންސައްތަ ވޯޓެވެ.
އިރޫ އާއި އެންމެ ކައިރިން ވާދަކުރައްވާ، އަމިއްލަ ކެންޑިޑޭޓު، ރުކުމާ އަށް ލިބިވަޑައިގަތީ 214 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 19.96 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި އެ ދާއިރާއަށް 9 ބޭފުޅުން ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ