ކުށްމަދު އަމާން މާހައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތ. ވިލުފުށި ޕޮލިސް ސްޓޭޝަނުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިހިނގާ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިޕްރޮގްރާމަކީ، ތ. ވިލުފުށީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން މިހާރަށްވުރެން ބޮޑަށް ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމާއި ގެއިން ބޭރަށްދާއިރު ވެސް ގެ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކޮށްފައި ދިއުމަށާއި ގޭގައި ބަހައްޓާފައި ހުންނަ މުދާ ރައްކާތެރި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ވިލުފުށިއަކީ ކުށްމަދު އަމާން މާހައުލެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށްޓަކައި ތ. ވިލުފުށި ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގައި އާންމު ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ފުލުހުންނަށް ދަނީ ލިބެމުންނެވެ.
ވިލުފުށީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ