އީދު ދުވަހު ހަވީރު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އީދު ދުވަހުގެ ހަވީރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަނމު އުޅަނދު ނުދުއްވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފިއެވެ.
ޓްރާސްޕޯޓް އޮތޯރިޓީން އާއްމުކުރި އިއުލާނެއްގައި ބުނފައިވަނީ 4 ޖޫން ވާ އަންގާރަ ދުވަހު ހަވިރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ދެމެދު އިންޖީނުލީ އުޅަނދުތައް މާލެ ހުޅުމާލެ އަދި ވިލިގިލީގައި ދުއްވުން މަނާ ކަމަށެވެ.
އެކަމަކު ސަލާމަތީ ބާރުތަކުން ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރާއި އެމްބިއުލެންސްގެ އިތުރުން ފުރާ މީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އަދި ޕިކަޕުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލާއި ބަހުގެ ހިދުމަތުގެ އިތުރުން އެދުވަހު އެގަޑިތަކުގައި ދުއްވުމަށް ހުއްދަދެވޭ އުޅަނދުތަކަށް އީދު ދުވަހުގެ ހަވީރުގެ ވަގުތުތަކުގައި ދުއްވޭނޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ އީދު ދުވަހު ދުއްވުން މަނާ ވަގުތު ތަކުގައި އެއްގަމު އުޅަނދު ފަހަރު ބޭނުންކުރާ ފަރާތްތައް 750 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ