ކޯލިޝަން އެއްބަސްވުމުގައި މައުމޫން އަދިވެސް ސޮއި ނުކުރައްވާ

ސަރުކާރު ކޯލިޝަންގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެފައިވާ އެއްބަސްވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސޮއި ނުކުރައްވާ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ. ކޯލިޝަނުން ވެފައިވާ އެއްބަސްވުމަކީ، އެ ކޯލިޝަނަށް ނިސްބަތްވާ ޕާޓީތައް ކަމަށްވާ އެމްޑީޕީ، ޖޭޕީ، އަދާލަތު އަދި މަޢުމޫންގެ އެމްއާރްއެމް ގުޅިގެން ގެނައި ސަރުކާރު ދެމެހެއްޓުމަށް ވެފައިވާ އެއްބަސްވުމެކެވެ. މަޢުލޫމާތު ލިބޭގޮތުގައި މިހާތަނަށް އެ އެއްބަސްވުމުގައި މައުމޫން ފިޔަވައި ބާކީ ތިއްބެވި ލީޑަރުން ވަނީ ސޮއި ކުރައްވާފައެވެ. އެއްބަސްވުމުގައި މައުމޫން ސޮއި ނުކުރައްވާ ގިނަދުވަސް ކުރައްވާތީ ގިނަ ބަޔަކު ދަނީ އެކަމާއި ސުވާލު އުފައްދަމުން. އެއްބަސްވުން އެކުލަވާލިއިރު، މައުމޫން ޖަލުގައި ހުންނެވުމާއި ގުޅިގެން، އެ އެއްބަސްވުމުގައި ސޮއި ނުކުރެއްވުނުކަމަށް އެކި ފަރާތްތަކުން މީގެ ކުރިން ބުނަމުން ދިޔަނަމަވެސް އެމަނިކުފާނު މިނިވަންވެވަޑައިގެންނެވިތާ، އެއްމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ސޮއި ނުކުރައްވާ ސަބަބެއް ހާމަކުރައްވާފައި ނުވެއެވެ. ކޯލިޝަން ޕާޓިތަކުން ވެފައިވާ އެއްބަސްވުމަށް ޤާނޫނީ ހައިސިއްޔަތެއް ދޭނެކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެފައިވީ ނަމަވެސް ވެރިކަމަށް ހަފްތާއެއްވެފައިވާއިރު އެއްބަސްވުމަށް ޤާނޫނީ ހައިސިއްޔަތެއް ދިނުމުގެ ގޮތުން، ޤާނޫނު އިސްލާހުކުރަން ހުށަހަޅުއްވާފައިނުވާކަން ފާހަގަކޮށްލެވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު ކޯލިޝަން ސަރުކާރަށް އޮތްއިރު، އަދިވެސް ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން ކަންތައް ކުރައްވާފައި ނުވާތީ އެތައްބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ