ރައީސް މައުމޫން އަދި އަނބިކަނބަލުން ބޭސްފަރުވާއަށް އިއްޔެ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫން މެލޭޝިއާ އަށް ދުރުވަމުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ 8 މަސްދުވަހު ޖަލުގައި ހުރުމަށް ފަހު ބޭސްފަރުވާއަށް މާލޭޝިއަށް ދުރުވީކަމަށެވެ.
އަދި އިންތިހާބީ ނައިބު ރައީސް އަށާއި ފުރުވަން ދުރުވި އެމަނިކުފާނަށް ހެޔޮއެދިލައްވާ ބޭފުޅުންނަށް ޓްވިޓާ މެދިވެރިކޮށް ޝުކުރުވެސް ދަންނަވާފަވެއެވެ.
ރައީސް މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަދުލްއިންސާފަށް ހުރަސްހެޅި ކަމުގެ ތުހުމަތާއި ޓެރަރިޒަމްގެ ދައުވާއެވެ.
އެގޮތުން އަދުލްއިންސާފު އަށް ހުރަސްހެޅި ކަމުގެ ދައުވާވަނީ ސުޕްރީމް ކޯޓުން ބާތިލް ކޮއްފައެވެ. އަދި ޓެރަރިޒަމަގެ ދައުވާ މިހާތަނަށް ފަށާފައެއް ނުވެއެވެ.
ރައީސް މައުމޫން އަދި އަނބިކަނބަލުން މެޑަމް ނަސްރީނާ މެލޭޝިއާއަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ