ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބީއެމްއެލްގެ ވިލިނގިލީ ބްރާންޗުން ވައްކަން ކުރީ އެ ބޭންކުގެ ފުރާޅުން ބައެއް ނަގައި، އެތެރެއަށް ވަދެ ތިޖޫރީތަކަށް ގެއްލުން ދީގެން ކަމަށެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށެވެ. ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދު އަދި ކަށަވަރު ނުވާ ކަމަށް ވިދާޅުވިއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ފަތިހު 5:30 ހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލައި ފައިސާ ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ