ވިލިނގިލީގައި ހުންނަ ބީއެމްއެލްގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޭންކުގެ އެތެރެއަށް ވަދެފައި ވަނީ އެތަނުގެ ފުރާޅުން ޓިނު ނަގައިގެން ކަމަށެވެ. އަދި ބޭންކްގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ ބީއެމްއެލްގެ ބްރާންޗް ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ ފަތިހު 5:37 ގައި ކަމަށެވެ.
މީގެ އިތުރަށް އޮފިސަރު ވިދާޅުވީ މަގަށް ނަގާފައިވާ ފައިސާގެ އަދަދު އަދި ސާފުނުވާ ކަމަށާއި، ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ