ވިއްސާރާގައި ގެއްލުންވި ފަރާތްތަކަށް އެހީގެ ފައިސާ ދޫކުރަން ފަށައިފި

މިމަހުގެ ފަސްވަނަ ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީގެ ފައިސާ ދޫކުރަން ފަށައިފިއެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ މިއަދު ބަހަން ފަށާފައިވަނީ ފަންޑަށް އަމިއްލަ ފަރާތްތަކުން ދިން ފައިސާ ކަމުގައެވެ، އަދި އެ ފަންޑަށް އަމިއްލަ ފަރާތަތްތަކުން 1.3 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށްވެސް އެސެންޓަރުން ބުނެއެވެ.
ޑިޒާސްޓާއިން ބުނީ ވިއްސާރާގައި ގެއްލުންވެ 127 ގެއަކަށް އެހީ ފޯރުކޮށްދޭން ޖޭހޭ ކަމުގައެވެ. އެންމެ ބޮޑުކޮށް ގެއްލުން ލިބުނު ގެތަކަށް 45000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ލިބޭނެ ކަމަށްވެސް ޑިޒާސްޓާއިން ބުނެއެވެ.
މިމަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ފެން ވަދެފައިވަނީ މާފަންނުންގެ ގެތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ