މަޖިލިސް އިންތިހާބުގެ ޖަވާބު ރައްޔިތުން ދީފި: ނަޝީދު

ރާއްޖޭގެ ރައްޔިތުން ވަނީ އަންނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޖަވާބު މިހާރު ދީފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭ ދާއިރާގެ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ހުސައިން ރަޝީދުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވަނީ ރައްޔިތުން ބޭނުންވާގޮތް ވަރަށް ސާފުކޮށް ހާމަކޮށްފައި ކަމަށެވެ.
"އެއްވެސް ދާއިރާއެއް ނެތް ވަކިވަކީން ވޯޓަށް ބެއްލެވީމައި ރައީސް ޔާމީނަށް ވޯޓު ލިބިވަޑައިންނެވި. ދެން އަދި އަމުދުން ކެނޑިޑޭޓެއް ނެތުނީމައި އެބޭފުޅުންނަށް ވޯޓެއްވެސް ނުދެއްވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ގޮތެއްވި ނަމަވެސް މިހާރު އޮތީ އިއްތިހާދު ކަމަށެވެ. އެތަނުގައި ތިބި ޕާޓީތަކަށް ނޫނީ ރައްޔިތުންގެ މަޖިލީހެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ