ޖޭއެސްސީގެ މެމްބަރު ކަމުން ސަލީމް ވަކި ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި މެންބަރު ގ. ރޭނިސް، އަހުމަދު ސަލީމް، މެމްބަރުކަމުގެ މަގާމުން ވަކި ކުރައްވައިފި އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުހައްމަދު، "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ ސަލީމް މަގާމުން ވަކިކުރައްވަން ނިންމައި މިދިޔަ މަހު 22 ގައި ރައީސުލްޖުމުހޫރިއްޔާ ސިޓީފުޅެއް ފޮނުއްވެވި ކަމަށެވެ. އަދި އެ ސިޓީ ލިބިފައިވަނީ މިދިޔަ މަހު 25ގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަބޫބަކުރު ވިދާޅުވީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އޭނާ ދެއްވާފައެއް ނުވެއެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭގޮތުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ.
"ޖުޑީޝަލް ރިފޯމް ކުރައްވަން ހަމަޖެހިފައި އޮތީ ސިއްރުން ތޯ؟ ޖޭއެސްސީ ގައި ރައީސްގެ މެންބަރު ރޭނިސް ވަކި ކުރެއްވި ވާހަކަ އިއުލާނެއް ނުކުރައްވާ. އެކަމު ވެބްސައިޓަކު ފޮޓޯއެއް ނެތް،" ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ