އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީއަށް

އޭރުގެ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރެވި، ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީއަށް ފޮނުވުމަށް އެޗްއާރްސީއެމްއިން ނިންމައިފިއެވެ.
އެޗްއާރްސީއެމްއިން މައުލޫމާތު ދޭގޮތުގައި މި މައްސަލައިގައި ދައުވާ ކުރުމަށް ހަމަޖެހިފައިވަނީ  އަބްދުﷲ ރަޝީދަށް އެކަށީގެންވާ ބޭސްފަރުވާ ނުދީ، އެކަމުގައި އިހުމާލުވި ފަރާތްތަކަށެވެ.
އެ ކޮމިޝަނުން ބުނީ އޮކްޓޯބަރު 10، 2017 ވަނަ ދުވަހު ގ. ކީމާ، އަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގައި އިހުމާލުވި ކަމަށް ތަހުގީގަށް ފާހަގަވި މީހުންގެ ނަންތައް، އެ މައްސަލަ ޕީޖީއަށް ފޮނުވުމަށް ފަހު ހާމަކުރާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގެ ތަހުގީގުކުރިއަށްދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ޖަލުގައި ހުއްޓާ ހޮސްޕިޓަލަށް ގެންދިޔައީ، ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ