ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށްޓަކައި ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ވޯޓެއް ނަގައި ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމުގެ އުސޫލަކީ އެމަނިކުފާނު ޕީޕީއެމްއަށް ގެންނެވި އުސޫލެއްކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އެގޮތަށް ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ކެނޑިޑޭޓަށް ވުމަށްޓަކައި މިހާރު ކުރަމުންދާ ކެމްޕޭން ދަތުރުގެ ތެރެއިން އެބޭފުޅާގެ ފުރަތަމަ ކެންޕެއިން ޖަގަހަ ރ.ދުވާފަރުގައި ރޭ ހުޅުވައި ދެއްވަމުންނެވެ.
އުމަރު އިތުރަށް ވިދާޅުވީ ޕްރައިމަރީ އުސޫލަކީ ރައްޔިތުން ބާރުވެރި ކުރުވާ އުސޫލެއްކަމާއި މިހާރު ރިޔާސީ ކެންޑިޑޭޓު ހޮވާނި ދަރުބާރުގެއަކުން ނޫންކަމަށާއި މިހާރު ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ވޯޓުފޮށި ދާނީ އެމެންބަރެއް ނިސްބަތްވާ ރަށަށްކަމަށެވެ. އަދި ޕްރައި މަރީގެ އުސޫލަކީ އެބޭފުޅާގެ ކޮނޑުމަތީގައި ބާއްވައިގެން މެންބަރުންނާއި ހަމައަށް ގެނެސްދިން އުސޫލެއްކަމާއި މެދު ދެބަސްވާނެ މީހަކު ނުހުންނާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ޕިޕީއެމްގެ ޕްރައިމަރީގައި އަޅުގަނޑަށް ވޯޓު ދެއްވަންވީ މިގައުމުގައި އާމަންކަމާއި އަމާނާތްތެރިކަމާއި އެކު ހިންގާ ވެރިކަމެއް ގާއިމްކޮށް ދޭނެތީ" އުމަރު ވިދާޅުވިއެވެ
ރިޔާސީ ޕްރައިމަރީގެ ޖަގަހަ ހުޅުވައި ދެއްވުމަށް ފަހު އެއްވެތިބި ޕީޕީއެމްގެ މެންބަރުންނާއި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ބޭނުމަށް އެންމެ ފުރަތަމަ ހުޅުވިގެން ދިޔަ ޖަގަހައަށް ދުވާފަރު ޖަގަހަ ވުމުން އެކަމާއި އުފާކުރާ ކަމަށެވެ.
މެމްބަރުންނާ ހަމައަށް ޕްރައިމަރީ އުސޫލް ގެނައީ އަޅުގަނޑު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ