ކަރަންޓް އެކައުންޓް ދަރަނި މިއަހަރު 690.7 މިލިޔަން ޑޮލަރަށް އިތުރުވާނެ:އެމްއެމްއޭ

ދައުލަތުގެ ކަރަންޓް އެކައުންޓް ދަރަނި މިއަހަރު 690.7 މިލިޔަން ޑޮލަރަށް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ނެރެފައިވާ "އިގުތިސާދީ ރިވިއު"ގައި ދައުލަތުގެ ކަރަންޓް އެކައުންޓްގެ ދަރަނި 690.7 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވާ އިރު އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 28 ޕަސެންޓެވެ. ކަރަންޓް އެކައުންޓް ޑެފިސިޓު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ރާއްޖޭގައި ކުރާ ފޮރިންޑައިރެކްޓް އިންވެސްޓްމެންޓްތައް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާތީ ޖުމްލަ ޑެފިސިޓް މިދިޔަ އަހަރާއި އަޅާ ބަލާއިރު ކުޑަވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން މައުލޫމާތުދޭ ގޮތުގައި މިދިޔަ އަހަރު މަހުން މަހަށް ބަލާ އިރު ޓްރޭޑް ޑެފިސިޓުވަނީ ބޮޑުވެފައެވެ. އެހެންދިމާވެފައިވަނީ އިމްޕޯޓް ގިނަ ވުމުގެ ސަބަބުން ކަމަށް ވެސް މިރިވިއުގައި ބުނެފައިވެއެވެ. އަދި މަހުން މަހަށް ބަލާ އިރު ރާއްޖޭގެ ރަސްމީ ރިޒާވު ވެސް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު އެއަދަދަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ